ހަރަދު ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައި ވަނިކޮށް، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން އަޙްމަދު އައްޔަނު ކޮށްފިއެވެ.

Ads by Asuru
އަޒްމޫން މީގެކުރިން ހުންނެވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޕާރސަނަލް އެސިސްޓެންޓްގެ މަގާމުގައެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން އައްޔަންކުރެއްވިކަން ރައީސް އޮފީހުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ އޮފީހުގެ ވެބްސައިޓުގައި ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ.

އަޒްމޫން ހިމެނިވަޑައިގަންނަވާހެން ޔޫތު މިނިސްޓްރީގައި އަށް ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.

އަޒްމޫން ކުރިން މަސައްކަތް ކުރެއްވީ ރާއްޖެ ޓީވީގައެވެ. އެ ޗެނަލްގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންނަ މި ސަރުކާރުން އެކި މަގާމު ދިނެވެ.