އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ޔެލޯ އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި އެލާޓް ނެރެފައިވަނީ މިރޭ 19:30 އިން މިރޭ 23:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އައްޑު އަށް މިއަދު ހެނދުނު ވަރަށް ވިއްސާރަކޮށް އޮތް ނަމަވެސް ވާރޭ ވެހެން ފެށީ މެންދުރު ފަހު 3:00 ގެ ފަހުންނެވެ.

އައްޑު އާއި ފުވައްމުލަކަށް މިއަދު ވައިޓް އެލާޓް ނެރެނު އިރު، މި ހަފުތާގެ ކުރީކޮޅު ވެސް ދެ ސިޓީ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ގެތަކަށް ވެސް ފެންވަދެ ގެއްލުންތަކެއްވެފައިވެއެވެ.