ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Asuru

އެކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، ގުޅިފައިވާ ސިޔާސީޕާޓީތަކުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން، އިތުރު ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކިތައް މެންބަރުން ސޮއި ކުރިތޯ ސުވާލު ކުރުމަށް ސަލީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ގަވައިދުގައި ބުނާ އަދަދަށް ސޮއި ހަމަކޮށްފައި ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅެއްނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލާފައިވާ ކަމަށާއި އެކަމާ ގުޅޭ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަމަށެވެ.

އެގޮތުން މިއަދު އޭޖީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަަޅާފައިވާ ކަމަށާއި، އަދި ފޮރިން މިނިސްޓަރު ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.