ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ޒަރީރަށް ހަމަަލާދީފައިވަނީ ”ހަބީބީ ކެފޭ އެންޑް ބިސްޓްރޯ“ ތެރޭގައި އިންނަވަނިކޮށް މި މަހުގެ އެއްވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އަދި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، މި މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަސް ޖަހައިފައެވެ.

މެމްބަރު ޒަރީރަށް ހަމަަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މި މެއި މަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވިގޮތުގައި ޒަރީރަށް ހަމަލާދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުން ކޮށްގެންނެވެ