ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު އަނެއްކާވެސް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން ހޯމަ ދުވަހު މޭޔަރު ޒިޔާރަތް ކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންގެ އަރިހަށެވެ. މި ޒިޔާރަތުގައި ދާއިރާގެ ކައުންސިލަރު އަހުމަދް ޒަމީރު ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިޚާބުގައި މޭޔަރު މުއިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.
ރައްޔިތުންގެ ގާތަށް ކުރައްވާ ޒިޔާރަތުގައި ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މޭޔަރާއި ކައުންސިލަރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.