ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ތެދުވި މައްސަލައިގައި، އޭނާ އަށް ފިޔަވަޅު އަޅަން ހިތަށް އެރުވުމަކީ ވެސް ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Asuru
ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދުގައި، ރައީީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބައިވެރިވާއިރު، އާޒިމަކީ ރައީީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ.
އާޒިމް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެފައިވާ އެމްޑީޕީގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ އެ ޕާޓީގައި އެދިފައެވެ.

އެ މެމްބަރުންގެ ތެރޭގައި އާޒިމް ވެސް ހިމެނޭއިރު، އޭނާ ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުން ހުއްޓުވުމުގެ ގޮތުން ޕާޓީން އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ހިތަށް އެރުމަކީވެސް ކުށެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް އިހުތިޖާޖު ކުރަންޖެހޭ ކަމެއް ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.