ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން އޭނާ މިއަދު ވިދާޅުވީ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭނާގެ އިސްތިއުފާ ރައީސް ސޯލިހު ގަބޫލު ކުރައްވާފައިވާ ކަމަށާއި އޭނާގެ ހިމަތަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އަފްޝަން ބައެއް މީޑިއާތަކަށް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އެލްޖީއޭގެ ސީއީއޯގެ ގޮތުގައި ވަޒީފާއަށް ނުކުންނަވާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަފްޝަން އިސްތިއުފާ ދެއްވާފައިވާއިރު، ދާދިފަހުން ސަރުކާރުން ވަނީ އޭނާގެ ފިރިމީހާ، ހުސައިން އަމްރު އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ވަކިކުރައްވައިފައެވެ.

އަމްރު އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެމްބަރެކެވެ.