...
Advertisement
އާ ސްކޮލަރޝިޕް ސްކީމެއް ފަށަން ގަސްތު ކުރަން: ރައީސް ސޯލިހު

މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ހާާއްސަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ.

Ads by Asuru

އަދި މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ހާއްސަ ކުރާ ސްކޮލަރޝިޕެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކޮލަރޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީގީ މަގްސަދަދަކީ ޒަމާނީ ތައުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްގީ ކުރުން ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތް މިންވަރަށް ފުރުސަތުތަކާއި މިއިން ޒަމާނަކުވެސް، ބޭރު ގައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލަރޝިޕްގެ ފުރުސަތު މިހާރު ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ.

Ads by ooredoo maldives