އެމްޑީޕީން ވަކިކުރަންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު ގެންގުޅުއްވާ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2019 ގައި ރައީސް ސޯލިހު އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީގެ އަސްލު ކެންޑިޑޭޓުން ކަޓުވާލައި އެހެން މީސްމީހުން ރައްޔިތުންގެ މަޖިލީހަށް ހޮވި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

އަދި އެ މައްސަލަ ނުބަލައި، ފިޔަވަޅު އަޅާ ކޮމެޓީން މިހާރު ބަލަމުންދާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

”އެހެންވީމަ ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ސޯލިހު“ ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލީހާ ވާދަކުރައްވައި ބަލިވެވަޑައުގަތުމުން ނަޝީދު ގެންދަވަނީ ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ވަކި ފެކްޝަނެއް ހައްދަވައިގެން ރައީސާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.