ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ 241 ކޮމިޓީއަށް، ހާމަ ކުރަން އިލްމުވެރިންގެ ގުޅުމުން އެދިއްޖެއެވެ.

Ads by Asuru

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ރައީސް ސޯލިހާއި މިއަދު ބައްދަލުކުރެއްވިއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ މި ބައްދަލުވުމަކީ ކަނޑުގެ މައްސަލައިގައި ޢިލްމުވެރިންގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ސަރުކާރަށް ހުށައަޅަން ހުރި ސުވާލުތައް ހުށައެޅުމަށާއި ރައީސްއާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި އެމަނިކުފާނާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބައެއް ކަންކަން ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.

އޭގެތެރޭގައި ރައީސްގެ ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާ ކުރުމާއި ރާއްޖޭ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ސަރަހައްދާ މެދު އިޓްލޮސް އިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށައެޅުމާއި އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާ އެކު އީއީޒެޑް މައްސަލައިގައި ސަރުކާރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ދިޔުން ހިމެނެއެވެ.