ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހއ.ދިއްދުއަށް ވަޑައިގަންނަވަން ނިންމަވައިިފިއެވެ.

Ads by Asuru

ރައީސް ނަޝީދު މިއަދު މެންދުރުފަހު ދިއްދުއަށް ވަޑައިގަންނަވަނީ ”ތިލަ އުތުރު އެވޯޑް“ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެވޯޑް ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

”ތިލަ އުތުރު“ އެވޯޑަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްއިއްޔާއެއް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.