ހުޅުމާލޭގައި މަގުމަތިން ރޭ ފުލުހަކަށް ހަމަލާދިނީ މާލޭގައި ހިންގާ މަޝްހޫރު ގޭންގަކުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭނާ އަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުސް މީހާއަށް ހަމަލާދިން ސަބަބެއް އަދި ނޭނގެއެވެ.
ހަމީދު ވިދާޅުވީ ފުލުސް މީހާއަށް ގުރޫޕަކުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖް ބައްލަވާފައިވާ ކަމަށެވެ. ހަމަލާގެ އަމާޒަކަށްވީ ފުލުހަކީ ގަލޮޅު ޕޮލިސްގައި މަަސައްކަތް ކުރައްވާ ސާޖަންޓެއްކަން ފާހަގަ ކުރައްވާ އޭނާއަށް ތައުރީފު ކުރެއްވިއެވެ. ސީޕީ ވިދާޅުވި ގޮތުގައި އެ ފުލުސް މީހާ އަށް ހަމަލާދިނީ މަޝްހޫރު ގޭންގަކުންކަން މިހާރު ވަނީ އެނގިފައެވެ.
ސީޕީ ވަނީ އެ މީހުން ހައްޔަރު ކުރުމަށް ހުޅުމާލެ ފުލުހުންގެ ޓީމުން ކުރި މަސައްކަތަށްވެސް ތައުރީފު ކުރައްވާފައެވެ.
ކޮންފަދަ ކަމެއް..ގުރޫޕްތައް އެނގޭ….އެއީ ސަރުކާރުގެ މުއައްސަސާއެއްތަ.؟ ގުރޫޕްތައް ނައްތާލަން ބާރާއެކު އަދިވެސް ޢުމަރު ނަސީރާ ޙަވާލުކުރޭ …..އޭނާ މިނިސްޓަރަކަށް ހުރި ދުވަސްކޮޅު އެކަން ކުރަން އުޅެ ޓެގްއަޅުވާ ހަދަންފެށީމާ ބާރުތައް އަތުލީ.