ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން, އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

Ads by Asuru

ކްރިމިނަލް ކޯޓުން މިއަދު ބުނިގޮތުގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާނެއެވެ.

އެ މައްސަލަ ލައިވްކޮށްދިނުމަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.

މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުން މަޑުޖެހިފައިއޮތީ, ކްރިމިނަލް ކޯޓުގައި ވަސީލަތް ނެތުމުން ކަމަށް އޭރު ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވަނީ, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ހުށެހެޅުންތަކާ މެދު ގޮތެއް ނިންމާފައެވެ.