ކުރީގެ ބައެއް ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރުނުވުމުން ކަމަށް ބުނެ، އޭނާ ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

Ads by Asuru

އައްބާސްގެ މައްޗަށް ތުހުމަތު ކުރީ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވިދާޅުވިީ އޭނާ އެ ކޯޓަށް ހާޒިރު ނުވުމުން ޝަރީއަތް ފެށޭ ގޮތް ނުވި ކަމަށެވެ.

އޭނާގެ މައްޗަށް، ދައުލަތު ކުރަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ.

އައްބާސްއާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.