ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ކުރިއަށް ގެންދާނެކަމަށް މަޖިލީހުން ބުނެފިއެވެ.

Ads by Asuru

އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ މަޖިލީހަށް ވައްދައިފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ.

މަޖިލީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމުގައި މަޖިލީހުން ވަނީ ދަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި އެޕާޓީގެ މާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ 6 މެމްބަރަކު ސޮއި ކުރައްވާފައި ނުވެއެވެ.