ގޭބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްވެ ހުންނަވައި، އުފެއްދެވީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީގެ) ކުލަ އާއި ނަން، ”ފިކުރެއްގެ ދިރުން ފެކްޝަން“އިން އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސް (ޓީޑީ) އިން ބޭނުންކުރަން އުޅޭ މައްސަލަ ހޫނުވެއްޖެއެވެ.

Ads by Asuru
ޓީޑީއިން ބޭނުން ކުރަނީ، އެމްޓީޑީގެ ”ސްކައި ބްލޫ“ ކުލައާ ދާދި އެއްގޮތް ކުލައެކެވެ.
“ދަ ޑިމޮކްރެޓްސް“ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ކޮމިޝަނުން މިހާރު ދީފައިވާއިރު، ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އީސީއާއެކު އެ ޕާޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވަނީ ސީދާ އެމްޓީޑީގެ ކުލަކަމަށް ނުވާނަމަ އެ ކުލަ ބޭނުންކުރުމުގެ ހުއްދައަށް އެދިފައެވެ.

މިކަމާ ގުޅިގެން އެމްޓީޑީން ބުނީ، އަދީބު ”ސްކައި ބްލޫ“ އިޙްތިޔާރުކުރީ، ތިން އަހަރު ވަންދެން އޭނާގެ ގޮޅިން އޭނާއަށް ފެނުނު ހަމައެކަނި އުއްމީދަކީ އެއީ ކަމަށްވާތީ ކަމުގައެވެ.

އެހެން ސިޔާސީ ޕާޓީއެއްގެ ނަންތަކާއި ކުލަތައް އެމްޓީޑީގެ ފަރާތުން އިންސްޕަޔާވެގެން ދިއުމަކީ ލިބޭ އުފަލެއް ނަމަވެސް، އައު ސިޔާސީ ޕާޓީއެއް އުފައްދާއިރު، އެ ބައެއްގެ އަމިއްލަ ނަންތަކާއި ކުލަތައް އިޙްތިޔާރުކުރަން އެ ޕާޓީން އިލްތިމާސްކުރެއެވެ.

ދި ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުން ގުޅިވަޑައިގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ.