ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަން މަސައްކަތްކުރާ ”ދަ ޑިމޮކްރެޓްސް“ ޕާޓީއަށް އެމަނިކުފާނުގެ މަންމާ އާއި ބައްޕަ ސޮއިކުރައްވައިފިއެވެ.

Ads by Asuru

ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގެ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

އެއާއެކު އެ ފެކްޝަނުން މިހާރު އަންނަނީ ޕާޓީ އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ނަޝީދުގެ މަންމަ އާބިދާ މުހައްމަދާއި، ބައްޕަ އަބްދުއްސައްތާރު އުމަރު ގުޅިވަޑައިގެންނެވީ މިއަދުއެވެ. އެ ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ، ”ދަ ޑިމޮކްރެޓްސް“ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވާނެ ކަމަށެވެ.