މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުވައިފިއެވެ.

Ads by Asuru

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ވަރަށް ކުލަ ގަދަ ރަސްމިއްޔާތެއް ގައެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ނާޒިމް އެކަނި ކަމުން، ނާޒިމަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.

އެންއެމްޕީން އަންނަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަ ކުރައްވާއިރު، އިދިކޮޅު މައި ޕާޓީން ބުނާ ގޮތުގައި، އެ ޕާޓީގެ ކެންޑިޑޭޓަކީ، ރައީީސް ޔާމީނެވެ. ރިޔާސީ އިންތިހާބުގައި އަލަށް އުފައްދާ ”ދި ޑިމޮކްރެޓްސް“ގެ އިތުރުން، ޖޭޕީން ގާސިމް އިބްރާހީމް ވެސް ވާދަ ކުރައްވާނެއެވެ.