...
Advertisement
ރާއްޖެ ތަރައްގީ ކުރެވޭނީ، ރަށްރަށުގައި އުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން: ރައީީސް

ރައީސް ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

Ads by Asuru

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ނިލަންދޫ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެން މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވާފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވި އިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމި އަދި ބައެއް މަޝްރޫޢުތައް މިހާރު ހިނގަމުންދާކަމަށެވެ.

މިގޮތުން ހިންގިފައިވާ ބައެއް މަޝްރޫއުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަޝްރޫއުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

Ads by ooredoo maldives