ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމުގެ އަގު މާލެސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.

Ads by Asuru

1444 ވަނަ އަހަރުގެ ރަމަޟާން މަހު މާލެ ސިޓީ ގޭބީސީތަކުގެ ކެއިން ބުއިމާ ބެހޭ އާންމު ހަރަދު ބަރަދަށް ލުއިކަން ދެއްވުމުގެ މާތް މަގްސަދުގައި ޗަންޕާ ބްރަދާރސްގެ ފަރާތުން ޗަންޕާ މުހައްމަދު މޫސާ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގެ ގޭގެއަށް ފޯރުވައިދެއްވި ދީލަތި އެހީތެރިކަމަށް ޓަކައި އެކަމުގެ އަގުވަޒަންކޮށް މާލެސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޗަންޕާ މުޙައްމަދު މޫސާއަށް ހަނދާނީ ފިލާ އަކާއި ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މި ބައްދަލުވުމުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަންޕާ މުހައްމަދު މޫސާ ވަނީ މާލެސިޓީ ކައުންސިލުން އެތަކެތި ރައްޔިތުންނަށް ބެހުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ އެކަމަށްޓަކައި މާލެސިޓީ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޗަމްޕާ ބްރަދާސް އާއި ޗަންޕާ މުހައްމަދު މޫސާއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައި ރައްޔިތުން ވަރަށް ބަލައިގަތް ކަމެއް ކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ކާއްޓާއި، 10 ޓަނު ކަރާ މާލެސިޓީ ކައުންސިލް މެދުވެރިކޮށް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފައެވެ.