ރާއްޖޭގައި އަނިޔާވެރިކަމާއެކު މީހުން މެރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނާތީ، ކުރީގެ ނައިބު ރައީީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރުގެ މައްސަލަތައް އިތުރުވެގެން ދިޔުމުގެ ޒިންމާ، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އިމްރާން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި، އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ މަރާލާފައެވެ.

މި މައްސަލައާ ގުޅިގެން، މަރުވި މީހާގެ އުމުރުން 25 އަހަރުގެ ކޮއްކޮ ވަނީ ހައްޔަރު ކޮށްފައެވެ.