ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތް ކުރިއަށް ނުގޮސް މަޖިލީހުގައި މަޑުޖެހިފައި އޮތުމުން އެކަމުގައި ސަރުކާރުގެ ކަންބޮޑުވުން އެބައޮތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއުވާާން މިހެން ވިދާޅުވެފައި ވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކުވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތައް މަޑުޖެހިފައިވާކަމަށް ބުނެ އެކަމުގައި ސަރުކާރުން ދެކޭގޮތަކާ ބެހޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލުތައް މަޖިލީހުގެ ތެރޭގައި މަޑުޖެހިފައި އޮތުމުން އެކަމުގައި ސަރުކާރުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ.

އަދި މަޖިލީހުގެ ތެރޭގައި ބިލުތައް މަޑުޖެހިފައި އޮތުމުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ދިމާވާކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކުގެ ފައިދާ ރައްޔިތުންނަށް އަވަހަށް ލިބުމަށް އެބިލުތަކުގެ މަސައްކަތް މަޖިލީހުގެ ތެރެއިން އަވަހަށް ނިމުމަށް ބޭނުންވާ ކަމަށެވެ.