އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ވެރިކަން އެހެން މީހަކު ކުރަން އެދޭނެ މީހެއް ނޫންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގާސިމް މިއަދު ”ވީޓީވީ“އަށް ވިދާޅުވީ، ރައީސް ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ހިސާބުން، މަޖިލީހުގައި ވެސް އެކި ބޭފުޅުންގެ ކައިރީގައި ވެރިކަމަށް ގެންނަންވީ ގާސިމްކަމަށް ވިދާޅުވި ކަމަށެވެ. އަދި ސީދާ ނަޝީދު ބައްދަލުކޮށް ކަންކަން ކުރަންވީގޮތް ހިއްސާ ކުރެއްވިކަމަށެވެ.
ނަމަވެސް އެކަމެއް ގާސިމް ވިދާޅުވެ ވިދާޅުވީ، އެވަގުތު އެވަރަށް ފައިސާ ނުތުމުންނާއި، ހާލަތު ހުރިގޮތުން ނަޝީދު ބުނިހާ ގޮތެއް ހެދުމުގެ ފުރުސަތު ނެތްކަމަށެވެ. ނަޝީދުގެ އަމާޒުހުރީ އޭނާ ވެރިކަމަށް ގެނައުމަށް ގުރުބާންވާ މީހަކަށް ހެދުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ތަބީއަތާއި މިޒާޖަކީ ކިހިނެތް ހުންނަ ކަމެއްކަން އެންމެނަށް އެނގޭނެ. ނަޝީދު ނޫން މީހަކު ވެރިކަން ކުރާކަށް ނޭދޭނެ. އެހެން މީހަކަށް ވެރިކަން ލިބޭކަށް ރައީސް ނަޝީދު ނޭދޭނެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު ހުށަހެޅި އެއްބަސްވުމަށް އެއްބަސް ނުވެވުނީ ނިޒާމުގެ މައްސަލަ އެކަނި އޮތުމުން ނޫންކަމަށެވެ. ނިޒާމުގައި މައްސަލަ ނެތްކަމަށާއި، މައްސަލައަކީ ރައީސް ނަޝީދު ވެރިކަމަށް އައުމަށް ކޮށަންޖެހޭ މަގު ކޮށުންކަމަށެވެ. .