ެއިޓްލޮސްއިން ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި، ބަންޑާރަ ނައިބު، އިބްރާހީމް ރިފްއަތު ކުރައްވަން ޖެހިވަޑައިގެންނެވި ހަމައެކަނި ކަމަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ، 200 ނޯޓިކަލް މޭލުގެ ދިފާއުގައި ވާހަކަ ދެއްކެވުން ކަމަށާއި، ނަމަވެސް ބަންޑާރަ ނައިބު ”އަމޭ ގެންދާށޭ“ ވިދާޅުވެ، ކަނޑުގެ ސަރަހައްދު ދޫކޮށްލެއްވީ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ހުސެއިން މިހެން ވިދާޅުވީ، ”ބާނަ ބާނަ ތިއްބާ، ތިޔަ ވިއްކާލީ ކަނޑު“ މި ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

”ބައްލަވާ، ތިބޭފުޅުންނަށް އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދާ ހެދި، އުނދަގޫ ވެގެން އުޅޭ ކަމަށް ވަންޏާ، ފައިބައިވަޑައިގަންނަވާ! ފައިބައިވަޑައިގަންނަވާ، މިހާރުން މިހާރަށް.“

އަލީ ހުސެއިން އިތުރަށް ވިދާޅުވީ، އޭނާ އަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި މީހެއް ކަމަށާއި، ސަރުކާރު ގެނައީ ދިވެހި މަސްކަނޑު ފޮތި ފޮތިކޮށް ބަހަން ނޫން ކަމަށެވެ.