އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

Ads by Asuru

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ މަޝްރޫއެކެވެ.

މިމަޝްރޫއުގައި 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ވެން އޫޑް އާއި ހަވާލުކޮށްގެންނެވެ.

އެކުންފުންޏާ މިމަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސް ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުގައެވެ.

އައްޑު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ އައްޑޫ ސިޓީ މަރަދޫގައި މިހާރު ހިއްކަން ފަށާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ބިން ހިއްކުމުގެ މަޝްރޫއު ފަށަނީ މަރަދޫ/ ފޭދޫ އިންނެވެ.

މި މަޝްރޫއުގައި އައްޑޫ ސިޓީ ގެ 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ އަދި ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

ހުޅުމީދޫއިން 23.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި އަދި ހުޅުމީދޫގައި ފަޅު ތެރެއިން ޓޫރިޒަމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.