ރާއްޖެއަށް މިއަހަރުގެ މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ 3.7 ޕަސަންޓް ދަށަށް ހިނގައްޖެއެވެ.

Ads by Asuru

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މޭމަހު ރާއްޖެއަށް ޒިޔާރަތްކުރީ 120،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މޭ މަހު 125،528 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ކުރި އެރި ނަމަވެސް މޭ މަހު ފަތުރުވެރިކަން ވަނީ ދަށަށް ގޮސްފައެވެ.