ރައީސްނަޝީދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.
”ވިލިނގިލި, ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ. އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްގީނުވެ އުޅެނީ ރަށް ނެތިގެން ނޫން. މި ސަރުކާރުގެ އިހުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން.“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ހިންގަން ފެށުމުގެ އާ ވިސްނުމެއް ވަނީ މާ ލަސްވެފައި ކަމަށެވެ.

Ads by Asuru

ރައީސް ސޯލިހު އިއްޔެ ވަނީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށްޓަވައިދެއްވައިފައެވެ.