ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލުމުން، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހާ މިއަދުގެ ޖަލްސާ ނިންމައިލައިފިއެވެ.

Ads by Asuru

މަޖިލީހުގެ ހުސް ވަގުތަށްފަހު ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ހުސްވަގުތަށްފަހު ޖަލްސާ ފެށުނުއިރުވެސް ކުރިއަށް ގެންދިޔައީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސެވެ.

އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެންބަރުން ވަނީ އޭޖީ، އެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާކަމަށް ވިދާޅިވެ، އޭޖީއާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހްތިޖާޖު ކޮށްފައެވެ.

އެހެންކަމުން ރިޔާސަތުން ވަނީ އެ މެންބަރުންނަށް ގޮނޑިކޮޅުތަކުގައި ތިއްބެވުމަށް ތަކުރާރުކޮށް އެދިފައެވެ.

އެހެންނަމަވެސް މެންބަރުން ނީށީންދެ މަޖިލީހުގައި އަޑުގަދަކުރާތީ ރިޔާސަތުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ނިންމަވައި،  މަޖިލީހުގެ ޖަލްސާ ނިންމާލާފައެވެ.