ރާއްޖެ އަކީ ތަރައްގީއަށް ބޭނުންވާ އެއްޗެހި އަޑިން އަރާ ތަނެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޝާހިދު ދެއްކެވި ގެ ވާހަކައިގައި ކޮވިޑް-19 ގެ ޕެންޑެމިކަށް ފަހު، ރާއްޖެ ބަނގުރޫޓުވަނީ ކަމަށާއި، ބަނބުކެޔޮ ހައްދަން ވީ ކަމަށް ބުނެ، ބަޔަކު ވާހަކަތައް ދައްކަމުން ދިޔައިރުވެސް، އެ ވާހަކަ ތަކަށް ބެއްލެވުމެއް ނެތި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްރޫއުތައް ކުރިއަށް ގެންދެވިކަން ފާހަގަކުރެއްވިއެވެ.

”ރާއްޖެ އަކީ ތަރައްޤީއަށް ބޭނުންވާ އެއްޗެހި، އަޑިން އަރާ ތަނެއް ނޫން. ރާއްޖެ އަކީ، އެ ހުރިހާ އެއްޗެއް ބޭރުން ގެންނަ ތަނެއް. ގެންނަންވީ ހުރިހައި ދޮރޯއްޓެއް ދެ އަހަރު ވަންދެން ހުރީ ބަންދުވެފައި.“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެ ހާލަތުގައި، ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދިޔުމަށް ލަފާ އަރުވައި، ދެއްކި ”ފިތުނައިގެ ވާހަކަ“ތަކަށް ރައީީސް ސޯލިހު ނުބައްލަވާ ކަމަށާއި، ނަތީޖާ އަކީ މަޝްރޫއުތައް ކުރިއަށް ދިޔުން ކަމުގައެވެ.