ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

Ads by Asuru

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާއި މެދު ޝައްކު ކުރެވިގެން އޭނާއާ ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އޭނާގެ އަތުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ކަސްޓަމްސުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެއެވެ.