ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފިއެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައި ވަނިކޮށް މައްސަލަ ނެގީ މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުން އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ ކަމަށް މައުލޫމާތުލިބެއެވެ.
އިދިކޮޅުން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލަ އިޓްލޮސް އިން ނިންމިއިރު، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައި މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކުރުމަށްފަހުއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މިނިސްޓަރު ޝާހިދަށް ވަނީ 14 ދުވަހުގެ ނޯޓިސް ވެސް ދީފައެވެ.
ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނުވާ ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމަށް އެމަނިކުފާނު ވެސް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވިއެވެ.