ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ، އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ. އަދާލަތު ޕާޓީގެ ރައީީސް ވިދާޅުވީ، މުޖްތަމައުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް، ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ސޯލިހު ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ. އެ ޕާޓީގެ މެމްބަރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބިއިރު، ކޯލިޝަން ދަމަހައްޓަން ނިންމީ، މަގާމުގެ ދަހިވެތިކަމުގައި ކަމަށް އަދާލަތު ޕާޓީއަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.