އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ދިން ”ހޫނު މަރުހަބާ“ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Asuru

އައްޑޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށްޓަވައިދެއްވުމަށް ރައީސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ސިޓީއަށް ވަޑައިގެންނެވިއެވެ.

އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ސިޓީ ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

”އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް ތި ކުރެއްވި އިތުބާރާއި ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަން. އައްޑޫގެ ކުރިމަގާ މެދު ތިބޭފުޅުން ކުރެއްވި ޕްލޭން އެ ގޮތުގައި ތަންފީޒުކޮށްދިނުމުގައި އަޅުގަނޑުމެން ކުރިއަށްދާނަން،“ ރައީސް ވިދާޅުވިއެވެ.