ފުވައްމުލަކުގައި ބޭއްވި ”ނޯ ވެހިކަލް އަވަރ“ ބައިސްކަލު ބުރުގައި، ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެޑައިގެންފައިވަނީ ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެ ދުވަހުގެ މުއްދަތަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި، ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ފުވައްމުލައް ސިޓީގައި ޤާއިމުކުރެވިފައިވާ ޓޭބަލް ޓެނިސް ހޯލުގެ ޢިމާރާތް ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.