ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުވައްމުލަކު މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަނީ ފުވައްމުލައް، ދަނޑިމަގު، ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް، 23، ކަމަށެވެ.

އޭނާ ހޯދަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލަ އާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށެވެ.

އެހެންވެ އަންސާމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން އެދިފައިވެއެވެ.