ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާ އިތުރު ބަޔަކު ގުޅިއްޖެއެވެ.

Ads by Asuru

ރިޔާސީ އިންތިހާބު ކައިރިވެ، ސިޔާސީ ޕާޓީތަކުން ކެމްޕެއިން ފަށައިފައިވާ މި ދަނޑިވަޅުގައި އެ ޕާޓީއާ އަލަށް ގުޅިފައިވަނީ، 12 ދާއިރާއަކަށް ނިސްބަތްވާ 2،500 އާންމު މެންބަރުންނެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފޯމުތަކާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

ފައްޔާޒު ވިދާޅުވީ މިއަދު އޭނާ ހަވާލުވެވަޑައިގެންނެވި ފޯމުތަކަކީ މިދިޔަ މަހު އެ ޕާޓީން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ އެމްޑީޕީއަށް ސޮއިކުރި މެންބަރުން ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ބައެއް ކަންކަން ފުރިހަމަ ނުވާތީ އެމްޑީޕީގެ ބައެއް މެންބަރުން އުނިކުރިއިރު އެ ޕާޓީގެ މެންބަރުން ތިބި އަދަދަށް މެންބަރުން އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އާ ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ ހެދުމާއެކު، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް، އެ ޕާޓީއާ ގުޅޭނެ ކަމަށް ބެލެވެއެވެ.