ޑެންގީއާއި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ދަށްވެއްޖެއެވެ.

Ads by Asuru

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ ކުރާ އަދަދު ދަށްވެފައިވެއެވެ.

އެޕްރީލް މަހު ޑެންގީހުން ޖެހިގެން 320 ކޭސް ރިޕޯޓްކޮށްފައިވާއިރު މެއި މަހު އެ އަދަދު އުޅެނީ 212ގައެވެ.

އަރިދަފުސް ރޯގާ ޖެހިގެން 29،970 ކޭސް ރިޕޯޓްކޮށްފައިވާއިރު މެއި މަހު އެ އަދަދު އުޅެނީ 13،361 ގައެވެ.

އިންފުލެންޒާގެ އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އޭޕްރީލް މަހަށް ވުރެ މެއި މަހު އިތުރުވެސް ވެފައެވެ.