އެމެރިކާއިން ފައިޒާ ވެކްސިންގެ އިތުރު 100،620 ޑޯޒް ވެކްސިން ދިވެހި ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.
ރާއްޖެއަށް ދިން މި އެހީއާއެކު އެމެރިކާ އިން މިހާތަނަށް ހަދިޔާކުރި ވެކްސިންގެ އަދަދު މި ވަނީ 439،920 އަށް އަރާފައެވެ.
އެމެރިކާ އިން ރާއްޖެއަށް ހާއްސަކޮށްފައިވާ މިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި ވެކްސިންތައް އަތޮޅުތެރެއަށް ފޯރުކޮށް ދިނުމާއި ހެލްތު ވޯކަރުން ތަމްރީނު ކުރުމުގެ އިތުރުން ވެކްސިން ޖެހުމަށް މީީހުން ބާރުވެރިކުރުވުމަށް ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން އެހީވާނެ ކަމަށެވެ.
އަދި މިއީ ކޮވިޑުގެ އާ ވޭރިއަންޓުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ދިން އެހީއެއް ކަމަށް އެމެރިކާއިން ބުނެއެވެ.