އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ( ބީޖޭޕީ)ގެ ތަރުޖަމާނު ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި ކުރުން، ސަރުކާރުންވެސް އެންމެ ފަހުން ކުށްވެރި ކޮށްފިއެވެ.

Ads by Asuru

ބީޖޭޕީގެ ތަރުޖަމާނު ނުފޫރް ޝަރްމާ، ރަސޫލާގެ ކައިވެނިފުޅުތަކަށް ހަޖޫ ޖެހި މައްސަލަ ކުށްވެރިކޮށް، ހާރިޖީ ވުޒާރާއިން ބަޔާން ނެރުނީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު، ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމުންވެސް، މިކަން ކުށްވެރި ކުރި ފަހުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކުރާ ކޮންމެ އަމަލެއް ކުށްވެރި ކުރާ ކަމަށެވެ.

އަދި ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ބަދު ބަސް ބުނުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

މިކަން ކުށްވެރިކޮށް، އެމްޑީޕީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ ނުޕޫރުގެ އަމަލު ކުށްވެރިކޮށް ބީޖޭޕީން އޭނާ ސަސްޕެންޑް ކުރި ކުރުމަށް، އެމްޑީޕީން ތަރުހީބު ދޭ ކަމަށް ބުނެފައެވެ.