އިމާމުންނާއި ހަތީބުންނަށް ހާއްސަކޮށްގެން، އިސްލާމިކް މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ފެށި މި ޕްރޮގްރާމްގައި ފުވައްމުލަކުގެ 38 މީހަކު ބައިވެރިވެއެވެ. މާދަމާގެ ނިޔަލަށް ޕްރޮގްރާމް ކުރިއަށް ދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވާނީ ކަމާ ގުޅުންހުރި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންނާއި އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާއިން ކަމަށް އިސްލާމިކް މިނިސްްޓްރީން ބުނެއެވެ.
