‏ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެއްޖެއެވެ.

Advertisement
Advertise with us

މިކަމާ ގުޅޭގޮތުން، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލްގެ އިސްނެގުމުގެ މަތިން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިތުރު އެހީތެރިކަން ބޭނުންވާތީ އެމްއެންޑީއެފް ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އިއްޔެ ކ.ގުރައިދޫއަށް ވެސް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފައިވެއެވެ. އެންޑީއެމްއޭ އިން ބުނީ ގުރައިދޫގެ ބައެއް ފިހާރަތަކަށް ފެން ވަދެފައިވާ ކަމުގައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ.