ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މޫސުން އިތުރަށް ގޯސްވެ، ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

Advertisement
Advertise with us

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ކަމަށެވެ. އެލާޓު ދެމިގެމްދާނީ މިރޭ 22:00 ގެ ނިޔަލަށް ކަމަށް މެޓުން ބުނެއެވެ.

މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނެކަމަކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މެޓުން ވަނީ މިއަދު މެންދުރުފަހު ވެސް ޔެލޯ އެލާޓް ނެރެފައެވެ.

ހަމައެއާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

އިއްޔެ ބޯކޮށް ވާރޭ ވެހި، ކ.ގުރައިދޫގައި ފެންބޮޑުވެފައިވާއިރު، މިއަދު ޅ.ހިންނަވަރުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެފައިވެެއެވެ. މެޓުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.