އިތުރު ދެ މީހުންނާއިއެކުގައި، އިހި ނަގަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ސ.ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ މީހާ ހޯދުމަށް ފަށާފައިވާ މަސަތްކަތް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށެވެ.
ސ.ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ މީހާ ހޯދުމަށް ފަށާފައިވާ މަސަތްކަތް މެދުނުކެނޑި ކުރިއަށް އެބަދޭ . pic.twitter.com/IU8OguayU9
— Ministry of Defence (@MoDmv) December 22, 2023
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 10:10 ހާއިރުއެވެ.
މަސް ހިފުމާއި، ފީނުން ނުވަތަ ކަނޑުމަތީގެ އެހެން ހާދިސާތަކުގައި ރާއްޖޭގައި މީގެ ކުރިން ވެސް ބައެއް މީހުން ގެއްލިފައިވެއެވެ.
