މި ފެށޭ އައު އަހަރު އެއްވެސް ހުރަހެއްނެތި މާވެޔޮ މިސްކިތް ކައިރީގައި ރައްޔިތުންނަށް ދަތުރު ކުރެވި، އެކަމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް ކަރަންޓު ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރައްވައިފައިވާ ޕޯޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މަގުމަތިން ނަގާފައި ކަމަށެވެ.
އަދި މާތް ރަސްކަލާނގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ.
ٱلْحَمْدُ لِلّٰهِ
ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި، ރޫހާއިއެކު ނިކުމެވަޑައިގެން، އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ… pic.twitter.com/Xuov99t7JI
— Hussain Fahmy (@u09HussainFahmy) December 29, 2023
މާވެޔޮ މިސްކިތް ކައިރީގައިވާ ޓްރާާންސްފޯމަރު ނެގިއިރު، އެކަން ކުރެއްވުމަކީސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤަަމާއި ފަހުމީ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކޮށްލެވެއެވެ.
