އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރި އަށް އައި ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެކަމަށާއި، އެކަމުގެ ނުރައްކަލެއް ނެތް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ބިންހެލުން އައިސްފައި ވަނީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި ލޮޅުމާއި ގުޅިގެން، އަވަށްޓެރި ލަންކާގެ ސުނާމީ އާލީ ވޯނިން ސެންޓަރުން ވަނީ ހުދު ސަމާލު ނެރެފައެވެ.
އެގޮތުން އެ ޤައުމުގެ ގޮނޑުދޮށުގެ ސަރަހައްދުތައް ކައިރީގައި ދިރިއުޅޭ މީހުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެއެވެ.
