ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސިޓީގެ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އާބަންކޯ އަތުން މުނިސިޕަލް ޚިދުމަތްތައް ނަގައި މާލެސިޓީ ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަން  އިޢުލާން ކުރެއްވީ ރައީސް ޑރ. މުޢިއްޒުއެވެ.

މާލެސިޓީ މޭޔަރުކަމުގައި ރައީސް ޑރ. މުޢިއްޒު ހުންނެވި އިރުވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއްކަމަކީ މާލެސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނެވުމެވެ.

މިގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ހުޅުމާލޭގެ ރަޖިސްޓްރީ ވަނީ މާލެ ސިޓީ ކައުންސިލުގެ ނަންމައްޗަށް ބަދަލުކޮށްފައެވެ.