ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން މިރޭ އިއުލާންކުރައްވައިފިއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖޭޕީގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އަދި އުއްމީދު ކުރައްވަނީ ދާއިރާގެ އެންމެހައި ރައްޔިތުންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ކަމުގައި ވެސް ނަހުލާ ވިދާޅުވިއެވެ.

”އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން،“ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އެންމެ ފުރަތަމަ ފުރުއްވި ސިޔާސީ މަޤާމަކީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމެވެ.