ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީ އަންހެނަކު ހޯދަން އިމިގްރޭޝަނުން އިޢުލާނު ކޮށްފިއެވެ.

އިމިގްރޭޝަނުން ހޯދަން އިޢުލާނު ކޮށްފައި ވަނީ، އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ 19 އަހަރުގެ މަންޕްރީތު ކޯރް ނަމަކަށް ކިޔާ ޒުވާން އަންހެނެކެވެ.

އިމިގްރޭޝަނުން ބުނީ އެ މީހާ އަކީ ފަސް ދުވަސް ތެރޭގައި ހުޅުމާލޭ ދެވަނަ ފޭހުގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ހާޒިވާން ޖެހޭ މީހެއް ކަމަށެވެ.

މަންޕްރީތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް އެދިފައިވެއެވެ.