ވެރިރަށް މާލޭގައި ހުންނަ ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާ އަދި މިހައިތަނަށް ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލައެއް ފެންމަތިވީއިރު، އެ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
