ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ދައުވަތަކަށް އަންނަ އާދިއްތަ ދުވަހު ރައީސް ޗައިނާއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުޢިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ރައީސް ތުރުކީއަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްވި ދަޢުވަތަކަށެވެ.